ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑެއްގައި ކުޑަކުއްޖަކު ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނ ކަމަށާއި މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުވެ ސަލާމަތްވެފައި ވާކަމަށެވެ. އެހެން ނަމަވެސް އެކްސިޑެންޓްވީ ކާރަށް ބޮތެޑި ގެއްލުން ތަކެއް ލިބިފައި ވާކަމަށާއި، އޭގެ ތެރޭގައި ކާރުގެ ކުރީކޮޅު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ކާރު ޖެހުނު ރުއް ބިމުން ލުހި، ބިންދައިގެން ގޮސްފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނާއީ މަގުން މުކުރި މަގުން ތުނޑީ އަވަށާ ވީކޮޅަށް ބާރު ސްޕީޑުގައި ކާރު ދުއްވާފައި ދަނިކޮށް ކާރުގެ ކޮންޓްރޯލް ގެއްލި މަގުގެ މެދުގައި ހުރި ރުކެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން ކުޑަކުއްޖާ ސަލާމަތްވި ނަމަވެސް މި އެކްސިޑެންޓްގެ މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުޤީޤް ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުއްޖަކު ދުއްވި ކާރަކުން ޖެހި ރުކެއް ބިނދި ކާރު ދުއްވި ކުއްޖާ ސަލާމަތް ވެއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...