ރާއްޖޭގެ ޚަބަރު ބަހްރެއިންގެ ރޯޔަލް އެކަޑަމީ އޮފް ޕޮލިސްއިން ދިވެހި ފުލުހުންނާ ގާތް ގުޅުމެއް ބާއްވަނީ

ބަހްރެއިންގެ ރޯޔަލް އެކަޑަމީ އޮފް ޕޮލިސްއިން ދިވެހި ފުލުހުންނާ ގާތް ގުޅުމެއް ބާއްވަނީ

ބަހްރެއިންގެ ރޯޔަލް އެކަޑަމީ އޮފް ޕޮލިސްއިން ދިވެހި ފުލުހުންނާ ގާތް ގުޅުމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބަހުރެއިންގެ ރޯޔަލް އެކަޑަމީ އޮފް ޕޮލިސްގެ ކޮމަޑާންޓް ކާނަލް ޝެއިޚް ޙައްމާދު ބިން މުޙައްމަދު އަލްޚަލީފާއާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު މެންދުރު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބަހްރެއިންގެ ރޯޔަލް އެކަޑަމީ އޮފް ޕޮލިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް ކުރެވެން ހުރި ކަންކަމާގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކާގައި، ވަރަށް އަވަދިނެތި އުޅުއްވަމުންވެސް ރާއްޖެ ވަޑައިގެންނެވި ކަމަށް ޓަކައި ކާނަލް ޝެއިޚް ޙައްމާދު ބިން މުޙައްމަދު އަލްޚަލީފާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ބަހްރެއިނުން ދިވެހި ފުލުހުންނަށް ދެމުން ގެންދާ އެހީ ތައް ފާހަގަ ކޮށް، ވަކިން ޚާއްޞަ ގޮތެއްގައި ރޯޔަލް އެކަޑަމީ އޮފް ޕޮލިސް އިން ދިވެހި ފުލުހުންނަށް އަންޑަރ ގްރެޖުއޭޓް ކޯހުން ދެއްވާފައިވާ 2 ފުރުޞަތު ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކާނަލް ޝެއިޚް ޙައްމާދު ބިން މުޙައްމަދު އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދާކުރައްވަމުން ގެންދަވާ ފުރިހަމަ މެހުމާންދާރީއަށް ޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި ފުލުހުން ތަމްރީން ކުރުމުގައި ބަހްރެއިންގެ ރޯޔަލް އެކަޑަމީ އޮފް ޕޮލިސްގެ އެއްބާރުލުން ކުރިއެކޭ އެއްގޮތަށް ލިބެމުން ދާނެކަމުގެ ޔަޤީންކަން އަރުވައި، މިހާރަށްވުރެވެސް ރަންގަޅު، ގާތް ގުޅުމެއް މުސްތަޤުބަލުގައި ބޭއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކާނަލް ޝެއިޚް ޙައްމާދު ބިން މުޙައްމަދު އަލްޚަލީފާ ރާއްޖެ ވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސްގެ ދަޢުވަތަކަށް 2014 ފެބްރުއަރީ 08 ވީ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ދެވަނަ ކޮންވޮކޭޝަން ޑޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވުމަށް ޓަކައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ނައިބް ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙުމަދާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަޞީރާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.