ރާއްޖޭގެ ޚަބަރު ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓް ތަކަކާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާއަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން މަސްތުވާ ތަކެތި ބޭނުން ކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި، އޭނާ ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާގެ އަތުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު 6 ޕެކެޓް ފެނިފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު އިތުރަށް ތަހުޤީޤް ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.