ޤައުމީ ބައްދަލުވުން ބާއްވާފައިނުވާތީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ޖޫރިމަނާ ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީއޭ ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ޕާޓީއެއް ރަޖިސްޓަރީކުރާތާ ލަސްވެގެން 09 (ނުވައެއް) މަސް ދުވަހުގެ ތެރޭގައި ޤައުމީ ބައްދަލުވުމެއް ބާއްވަން ޖެހޭއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް 20 ޑިސެމްބަރ 2012 ގައި ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް، މިހާތަނަށްވެސް އަދި ޤާނޫނަށް ޢަމަލު ކުރަން ފެށިފަހުން 10 މަސްދުވަސް ފާއިތުވެ ދިޔައިރުވެސް އެ ޕާޓީގެ ޤައުމީ ބައްދަލުވުމެއް ބާއްވާފައި ނުވާތީ ކަމަށެވެ.
އެހެން ކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެމްޑީއޭ 30،000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި މިފައިސާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި މިކޮމިޝަނަށް ދެއްކުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސަށް އަންގާފައި ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...