ރާއްޖޭގެ ޚަބަރު ސަލަފް ޓޯކް ކެންސަލް ކޮށްފި

ސަލަފް ޓޯކް ކެންސަލް ކޮށްފި

ސަލަފް ޓޯކް ކެންސަލް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެއްކަމަށްވާ "ސަލަފް ޓޯކް" ކެންސަލް ކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފު މިއަދު ހާމަކުރި ގޮތުގައި "މި މަހުގެ 12 ވަނަ ދުވަހު (އަންނަ ބުދަ ދުވަހުގެ ރޭ) ބޭއްވުމަށް ކުރިން އިޢުލާނުކޮށްފައިވާ ސަލަފް ޓޯކް ކެންސަލް ކުރީ އައްޝައިޚް އާދަމް ޝަމީމް ގެ ދަރުސެއް ހަމަ އެދުވަހު ބޭއްވުމަށް ޝައިޚް ޝަމީމް އިންތިޒާމު ކުރުމާއި ގުޅިގެން ދެ ހަރަކާތް ތަޢާރުޒު ނުކުރުމުގެ ގޮތުން."ކަމަށެވެ.

"މި ހަރަކާތް ދެން އޮންނާނެ ތާރީޚެއް ވަރަށް އަވަހަށް އިންޝާﷲ އިޢުލާނު ކުރާނެ" ކަމަށް ޖަމިއްޔަތުއް ސަލަފް އިން ހާމަކުރެއެވެ.

"ސަލަފް ޓޯކް" އަކީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ ވަރަށް ތަފާތު ހަރަކާތެކެވެ. މިއަންނަ ބުދަ ދުވަހުގެ ރޭ ސޯޝަލް ސެންޓާ ސެމިނާ ރޫމުގައި ބޭއްވުމަށް ހަމަ ޖެއްސި ސަލަފް ޓޯކް ގައި ވާހަކަފުޅު ދެއްކުމަށް ހަމަޖައްސާފައިވަނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.