ރާއްޖޭގެ ޚަބަރު އިސްލާމް ދީން ހިމާޔަތް ކުރުމަށް އަދާލަތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޕީޕީއެމް

އިސްލާމް ދީން ހިމާޔަތް ކުރުމަށް އަދާލަތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޕީޕީއެމް

އިސްލާމް ދީން ހިމާޔަތް ކުރުމަށް އަދާލަތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޕީޕީއެމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީން ހިމާޔަތް ކުރުމަށް އަދާލަތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީޕީއެމް އިން މިއަދު ބުނެފިއެވެ.

ޕީޕީއެމުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުގެ ކުރިން ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން އަދާލަތާ އެކު ތަފާތު އެކި މަރުހަލާތަކުގައި ވާހަކަ ދެކެވުނު ނަމަވެސް އެއްބަސްވުމަކަށް ނާދެވުނީ އެޕާޓީން ހުށަހެޅި އަދަދަށް ގޮނޑި ނުދެވޭނެތީ"ކަމަށެވެ. "ނަމަވެސް، އޭނާ ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރުމަށް އަދާލަތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެ ޕާޓީއާ އެކު ކުރިމަގުގައި ވެސް މަސައްކަތްކުރާނެ"ކަމަށްވެސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޢަދާލަތާއި ސަރުކާރުގެ ކޯލިޝަނާއި ޚިޔާލުތަފާތުވިޔަސް ތަކުރާރުކޮށް ޢަދާލަތުން ބުނަމުން އަންނަނީ ސަރުކާރު ހިންގުމުގައި އެޕާޓީއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.