އަދާލަތު ޕާޓީގެ ނެއްލައިދޫ ގޮފީގެ ފަރާތުން ނެއްލައިދޫއިން ކުޅުދުއްފުއްޓަށް ފެރީގެ ޚިދުމަތް ފަށައިފިއެވެ.
އަދާލަތު ޕާޓީގެ ނެއްލައިދޫ ގޮފީގެ ފަރާތުން ވާހަކަ ދެއްކި އަލީ ޒިޔާދުއާއި ހަވާލާދީ ނެއްލައިދޫ ލައިވްގައިވަނީ މި ކަމަކީ ނެއްލައިދޫ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކޮށްދޭ ކަމެއް ކަމަށެވެ. އަދި މަސައްކަތް ކުރަނީ ދާއިމީ ގޮތަކަށް މިކަން ގެންދެވޭތޯ ކަމަށެވެ. އިތުރަށް ޒިޔާދު ވިދާޅުވީ އިރާދަކުރެއްވިއްޔާ ކާމިޔާބު ކަމާއެކީ މިކަން ކުރިއަށް ގެންދެވޭނެކަމަށެވެ.
މިފެރީ ނެއްލައިދޫއިން ކުޅުދުއްފުއްޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރުދުވަހުއެވެ. ފަންސާހަށްވުރެ ގިނަ ދަތުރުވެރިން ގޮވައިން ދަތުރުކުރެވޭ މިފެރީއިން ދަތުރުކުރާ އެއްވެސް މީހެއްގެ އަތުން ފީއެއް ނުނަގާނެއެވެ. ނަމަވެސް ދޯނިން އުފުލާ މުދަލުން ނާލު ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...