ރާއްޖޭގެ ޚަބަރު މަރަށް މަރު ހިފުމަށް ރައްޔިތުންގެ ވޯޓެއް ނެގުމަށްކުރި މަސައްކަތް މަހްލޫފް ހުއްޓަވާލައްވައިފި

މަރަށް މަރު ހިފުމަށް ރައްޔިތުންގެ ވޯޓެއް ނެގުމަށްކުރި މަސައްކަތް މަހްލޫފް ހުއްޓަވާލައްވައިފި

މަރަށް މަރު ހިފުމަށް ރައްޔިތުންގެ ވޯޓެއް ނެގުމަށްކުރި މަސައްކަތް މަހްލޫފް ހުއްޓަވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަރުގެ ހުކުމް ތަންފީޒްކުރުމަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވުމަށް ކުރެއްވި މަސައްކަތް ހުއްޓަވާލައްވައިފިއެވެ.

އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ގަރާރު ހުށަހެޅުމަށް ކުރި މަސައްކަތްތަކީ އިސްލާމީ ޝަރީއަތާއި ހިލާފް އަމަލުތަކެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެފައިވާތީ އެކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މާފަށް އެދޭކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާވެސް މަރުގެ ހުކުމް ތަންފީޒްކުރުމަށް ތާއީދުކުރައްވާކަން ކެމްޕެއިންގައި ހާމަކުރައްވާފައިވާކަމަށާއި އަދި އެކަން ތަންފީޒްކުރުމުގައި ސަރުކާރަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށެވެ.

މަހްލޫފް ވިދާޅުވީ ރައްޔިތުންގެ ހިޔާލުހޯދުމަށް މަސައްކަތްކުރީ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒްކުރުމަށް ދެކޮޅުހެދުމުގެ ގޮތުން ނޫންކަމަށާއި އަދި އެކަން ކުރެއްވީ މަރުގެ ހުކުމް ތަންފީޒްކުރުމަށް ރައްޔިތުން އެދިއެދިތިބި މިންވަރަށް ބަލާއިރު، ސަރުކާރާއި ދައުލަތަށް އެފަދަ ވޯޓެއްގެ ނަތީޖާއިން މަޖުބޫރު ކުރުވުމުގެ ވިސްނުމުގައި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.