ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރިއަށްގެންދާ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާގެ އޮފީސް ބަންދުވުުމުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ޤުރުއާނާއި ބެހޭ މަރުކަޒަށް ހުށަހެޅުމަށް އެމަރުކަޒުން ނެރެފައިވާ އިޢުލާނުގައި ވެއެވެ.
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރާ ގޮތުގައި މިޕްރޮގްރާމްގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 25 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށާއި އެފަރާތްތަކަކީ ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގޭ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު 03 ފެބުރުވަރީ 2014 ވަނަ ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ގެންދަނީ ދޫކުރަމުންނެވެ.
މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...