ރާއްޖޭގެ ޚަބަރު ނަޝީދުގެ ޕޮލިސީތަކުގެ ސަބަބުން އަރަބި ގައުމުތަކުން ތިބީ ރާއްޖެއާ މެދު މާޔޫސްވެފައި: ނައިބް ރައީސް

ނަޝީދުގެ ޕޮލިސީތަކުގެ ސަބަބުން އަރަބި ގައުމުތަކުން ތިބީ ރާއްޖެއާ މެދު މާޔޫސްވެފައި: ނައިބް ރައީސް

ނަޝީދުގެ ޕޮލިސީތަކުގެ ސަބަބުން އަރަބި ގައުމުތަކުން ތިބީ ރާއްޖެއާ މެދު މާޔޫސްވެފައި: ނައިބް ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޝީދުގެ ޕޮލިސީތަކުގެ ސަބަބުން އަރަބި ގައުމުތަކުން ތިބީ ރާއްޖެއާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ދުވަހު ނޫސް "ހަވީރު" ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި ނައިބް ރައީސް ވިދާޅުވެފައިވަނީ "ނަޝީދުގެ ޕޮލިސީތަކުގެ ސަބަބުން އަރަބި ގައުމުތަކުން ތިބީ ރާއްޖެއާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ" ކަމަށާޢި "އެގޮތުން، އެމްޑީޕީގެ ސަރުކާރުން، އިސްލާމީ ގައުމުތަކަށް ވުރެ ބޮޑަށް ހުޅަނގާ ގުޅުން ބަދަހިކުރުމުގެ ނަތީޖާއަކަށްވީ ރާއްޖެ އާއި އަރަބި ދުނިޔެ ބީރަށްޓެހި ވެގެން ދިއުން."ކަމަށެވެ.

ރާއްޖެ އާއި އިސްލާމީ ދުނިޔެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ނައިބް ރައީސް ވިދާޅުވަމުން އިތުރަށް ވިދާޅުވެފައިވަނީ "ހުޅަނގުގެ ގައުމުތަކުން އެހީ ދޭ އިރު، ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބާރުއެޅި ނަމަވެސް އަރަބި ގައުމުތަކުން ބޭނުން ވަނީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް"ކަމަށެވެ.

"އެހެން ނަމަވެސް، މިހާރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންފައި، އަރަބި ދުނިޔެ، ހާއްސަކޮށް އިސްލާމީ ދުނިޔެ ވަރަށް ބޮޑަށް އެކަމަށް މަރުހަބާ ކިޔައި، ރާއްޖެއާ އެކީގައި އަނެއްކާ ވެސް ކުރިއަށް ދާން ބޭނުންވާ". ކަންވެސް ނައިބް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި އަރަބި ގައުމުތަކާއި މެދު އޮންނަ ގުޅުން ވަނީ ފަހަކަށް އައިސް ވަރަށް ވަރުގަދަވެފައެވެ. ހާއްސަކޮށް އަރަބި ޤައުމުތަކަށް ސަރުކާރުގެ އިސްވެރިން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ސަބަބުން އެގުޅުން ދަނީ އިތުރަށް ބަދަހިވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.