ރާއްޖޭގެ ޚަބަރު ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި

ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި

ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މީޑީޔާ ތަކުގެ ކުރިމަތީގައި ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު މުހައްމަދު ހުސެން ވަނީ އޭނާގެ ފޯމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަރުވާފައެވެ.

އަންނަ މާޗު މަހުގެ ބާވީސް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކަނޑިތީމު ދާއިރާ އަށް ވާދަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް އެ ޕާޓީއަށް ސޮއި ކުރެއްވުމުގެ މާކުރިން ލިބިވަޑައި ގެންފައިވާ މުހައްމަދު ހުސެއިން އަކީ ޑީއާރުޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅެކެވެ.

އެހެން ނަމަވެސް މިދިޔަ އަހަރު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ފަހު މިހާތަނަށް މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ތަމްސީލު ކުރައްވަމުން ގެންދެވި މުހައްމަދު ހުސެއިން އަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތެރޭގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.