ރާއްޖޭގެ ޚަބަރު ދައުލަތުގެ މުއައްސަސާ ތަކުގެ މުސާރައިގެ ހަމަހަމަކަން ޤާއިމު ކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން: ސަރުކާރު

ދައުލަތުގެ މުއައްސަސާ ތަކުގެ މުސާރައިގެ ހަމަހަމަކަން ޤާއިމު ކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން: ސަރުކާރު

ދައުލަތުގެ މުއައްސަސާ ތަކުގެ މުސާރައިގެ ހަމަހަމަކަން ޤާއިމު ކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން: ސަރުކާރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ މުއައްސަސާ ތަކުގެ މުސާރައިގެ ހަމަހަމަކަން ޤާއިމު ކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ސިވިލް ސާވިސްގެ މުސާރަ ތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކުގެ މެދުގައި މުސާރައިގެ ބޮޑެތި ތަފާތު ކުރުން ތަކެއް ހުރުމަކީ އެ ވުޒާރާއަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުން އެކަން ޙައްލު ކުރެއްވުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އަމިއްލަ އަށް އިސްނަގައިގެން މުސާރައިގެ ތަފާތުތައް ނައްތާލުމަށް ކޮމިޗަނެއް އުފައްދަވައި އެ ކޮމިޝަނުގެ މަސައްކަތް ތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، ކޮމިޝަނުގެ އެދުމުގެ މަތިން އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވަން ޖެހޭ ހުރިހާ މަޢުލޫމާތާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވާ ނިމިފައި ވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެހެން ކަމުން ކައިރި މުސްތަޤުބަލެއްގައި ދައުލަތުގެ މުއައްސަސާ ތަކުގެ މުސާރައިގެ ފަރަޤު ތައް ނައްތާލެވި ކަންކަން ހަމަޖެހިގެން ދާނެ ކަމަށާއި، މި މަސައްކަތުގެ ތެރެއިން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އެދެވޭ ބަދަލެއް އަންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓީޗަރުންނަށް އިތުރު އެލަވަންސް ތަކެއް ތަޢާރަފު ކުރުމުގެ މަސައްކަތް ވެސް މުޅިން ނިމިފައިވާ ކަމަށާއި، އެމަސައްކަތް ނިންމާ އެކަމާއި ގުޅޭ ލިޔެކިޔުންތައް ވެސް ދައުލަތުގެ ސޯޝަލް ކައުންސިލުން ފާސްކުރެއްވުމަށް މިހާރު ހުށަހެޅިފައި ވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން ކަމުން ކައިރި މުސްތަޤްބަލެއްގައި ޓީޗަރުންގެ މުސާރަތަކަށް އެދެވޭ ބަދަލު ތަކެއް ގެނެވުމާއި އެކު ސިވިލްސާވިސްގެ މުސާރަތައް ވެސް އިސްލާޙު ކުރެވިގެން ދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ސިވިލްސާވިސްގައި މަސައްކަތް ކުރާ އަށާވީސް ހާސް މުވައްޒަފުންގެ ތެރެއިން ފަންސާސް އިންސައްތައާއި ގާތްކުރާ ޢަދަދަކަށް މަސައްކަތް ކުރަނީ ތަޢުލީމީ ދާއިރާގައެވެ.

އެގޮތުން ތަޢުލީމީ ދާއިރާގެ މަސައްކަތުގައި ބާރަހާސް ފައްސަތޭކަ ސިވިލް ސާވަންޓުން ޙަރަކާތްތެރި ވަމުން ގެންދާއިރު، މީގެ ތެރޭން ނުވަހާސް ހަސަތޭކަ މުވައްޒަފުންނަނީ ޓީޗަރުން ކަން ފާހަގަ ކޮށްލެވެއެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.