ރާއްޖޭގެ ޚަބަރު ނޮޅިވަރަމް ދާއިރާއިން ޢަދާލަތުގެ ޓިކެޓު މަދަނީ ޢަބްދުﷲ އަށް

ނޮޅިވަރަމް ދާއިރާއިން ޢަދާލަތުގެ ޓިކެޓު މަދަނީ ޢަބްދުﷲ އަށް

ނޮޅިވަރަމް ދާއިރާއިން ޢަދާލަތުގެ ޓިކެޓު މަދަނީ ޢަބްދުﷲ އަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން ނޮޅިވަރަމް ދާއިރާއަށް ވާދަ ކުރެއްވުމަށް އެ ދާއިރާގެ ޓިކެޓް ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދަށް ޢަދާލަތު ޕާޓީން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާއަށް ވާދަ ކުރުމަށް ޢަދާލަތު ޕާޓީން ޢަބްދުﷲ އަށް ޓިކެޓް ދީފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ޢަދާލަތުން ބުނީ މަދަނީ ޢަބްދުﷲ އަށް ޢަދާލަތު ޕާޓީގެ ފަރާތުން ނޮޅިވަރަމް ދާއިރާ އަށް ވާދަ ކުރުމަށް ޓިކެޓް ދީފައި ވަނީ މިކަމާއި ގުޅިގެން ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ސައްވީސް ބޭފުޅުންގެ ތެރެއިން އެކާވީސް ބޭފުޅުންގެ ތާއީދާއި އެކުގައި ކަމަށެވެ.

އަބްދުﷲ މުހައްމަދަށް އަދާލަތު ޕާޓީން ނޮޅިވަރަމް ދާއިރާއަށް ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ދީފައިވާއިރު، އޭނާ ޢަދާލަތު ޕާޓީއަށް ސޮއިކުރައްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އަދާލަތު ޕާޓީން މިހާރުވަނީ ސަރުކާރުގެ ކޯލިޝަނާއި ވަކިން އެޕާޓީގެ ޓިކެޓްގައި ހަ ދާއިރާ އަކުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް ނިންމާފައެވެ. އެގޮތުން އަދާލަތު ޕާޓީން ކުރިމަތި ލުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން މިހާތަނަށް އިޢުލާނު ކޮށްފައިވާ ދާއިރާ ތަކުގެ ތެރޭގައި ހިމެނެނީ ނޮޅިވަރަމް ދާއިރާގެ އިތުރުން މަކުނަދޫ ދާއިރާއާއި، ވައިކަރަދޫ ދާއިރާއާއި، ކޮމަންޑޫ ދާއިރާއާއި، ކާށިދޫ ދާއިރާއާއި މީދޫ ދާއިރާއެވެ.
މި ދާއިރާ ތަކަށް ސަރުކާރު ކޯލިޝަނާއި ވަކިން ނުކުތުމަށް ޢަދާލަތު ޕާޓީން ނިންމާފައި ވަނީ ސަރުކާރު ކޯލިޝަނުން ޢަދާލަތު ޕާޓީ އަކީ ކޯލިޝަނުގެ ބައިވެރިއެއް ނޫން ކަމަށް ބުނެ އެޕާޓީ ކޯލިޝަނުން ބޭރުކޮށްލުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީ ތަކުން ގެންދަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ޕާޓީ ތަކަށް އިމްޕޯޓު ކޮށްގެން ސަރުކާރު ކޯލިޝަނުގެ ޓިކެޓު ޙަވާލު ކުރަމުން ނެވެ.
އަދި ސަރުކާރު ކޯލިޝަނުގެ ޓިކެޓު ލިބުނު ބައެއް ދާއިރާ ތަކަށް ވެސް ކޯލިޝަނުން ކެންޑިޑޭޓަކު ނުނެރެ އެ ދާއިރާ އަށް ކުރިމަތިލާ އެމްޑީޕީގެ މެންބަރަށް ތާއީދު ކުރުމަށް ކޯލިޝަނުން ނިންމަމުން ގެންދާ އިރު ވެސް ކޯލިޝަނުން ވާދަކުރާ 85 ދާއިރާގެ ތެރެއިން ހައެއްކަ ދާއިރާ ވެސް ޢަދާލަތަށް ދިނުމަށް ކޯލިޝަނުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.