ރާއްޖޭގެ ޚަބަރު އެސްއޯ ފުލުހުން ބޭނުންކުރާ އާލާތްތަކާއި ހަތިޔާރުތަކާއި ވެހިކަލްތަކުގެ ހާލަތު މިނިސްޓަރު ބައްލަވައިފި

އެސްއޯ ފުލުހުން ބޭނުންކުރާ އާލާތްތަކާއި ހަތިޔާރުތަކާއި ވެހިކަލްތަކުގެ ހާލަތު މިނިސްޓަރު ބައްލަވައިފި

އެސްއޯ ފުލުހުން ބޭނުންކުރާ އާލާތްތަކާއި ހަތިޔާރުތަކާއި ވެހިކަލްތަކުގެ ހާލަތު މިނިސްޓަރު ބައްލަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޯމް މިނިސްޓަރު ޢުމަރު ނަޞީރު އެސްއޯ ފުލުހުން ބޭނުންކުރާ އާލާތްތަކާއި ހަތިޔާރުތަކާއި އެޑިޕާޓްމަންޓްގައި ބޭނުންކުރާ ވެހިކަލްތަކުގެ ހާލަތު ބައްލަވާ ލައްވައިފިއެވެ.

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު މިކަން ކަން ބައްލަވާފައި މިވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިސްކަންދަރު ކޮށި ދެއަކަށް ވަޑައިގެން ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވައި އެ ޑިޕާޓްމަންޓްގައި ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައި މަޢުލޫމާތު ހޯއްދަވާފައި ވާކަމަށް ފުލުސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސްއޯ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރާ އާލާތްތަކާއި ހަތިޔާރުތަކާއި އެޑިޕާޓްމަންޓްގައި ބޭނުންކުރާ ވެހިކަލްތަކުގެ ހާލަތު ބައްލައްވާ މަޢުލޫމާތު ހޯއްދަވާފައި ވާއިރު، ހޯމް މިނިސްޓަރ ވަނީ އިސްކަންދަރު ކޮށި ދޭއް ގައި ހުރި ފުލުހުންގެ ބެރެކްސް ތަކަށް ވެސް ޒިޔާރަތް ކުރައްވައި އެތަން ތަނުގެ ހާލަތު ވެސް ބައްލަވާ ލައްވާފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އަދި އިސްކަންދަރު ކޮށި ދޭއް ގައި އަލަށް އިމާރާތް ކޮށްފައިވާ ބެރެކްސްވެސް މިނިސްޓަރުގެ މި ޒިޔާރަތުގައި ބައްލަވާ ލައްވާފައި ވާކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް ކުރެއްވި މިޒޔާރަތުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގަައި މަސައްކަތްކުރާ ފުލުހުންވަނީ ރެޕަލިންގގެ ހަރަކާތްތަކަކާއި ޖޫޑޯގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.