ރާއްޖޭގެ ޚަބަރު ގައްދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެ އެމްޑީޕީގެ މެންބަރަކަށް ތާއީދު ކުރުމަށް އެމްޑީއޭއިން ނިންމައިފި

ގައްދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެ އެމްޑީޕީގެ މެންބަރަކަށް ތާއީދު ކުރުމަށް އެމްޑީއޭއިން ނިންމައިފި

ގައްދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެ އެމްޑީޕީގެ މެންބަރަކަށް ތާއީދު ކުރުމަށް އެމްޑީއޭއިން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގެ ތެރެއިން ގދ ގައްދޫ ދާއިރާއަށް ވާދަ ކުރުމަށް ޓިކެޓު ދީފައިވާ އެމްޑީއޭއިން އެ ދާއިރާ އަށް ކެންޑިޑޭޓަކު ނުނެރެ އެމްޑީޕީގެ މެންބަރަކަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

އެމްޑީއޭ އިން ބުނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާއަށް ވާދަ ކުރުމަށް ސަރުކާރު ކޯލިޝަނުގެ ތެރެއިން ލިބުނު ޓިކެޓް ބޭނުން ނުކުރުމަށް ނިންމާފައި ވާކަމަށާއި، އެހެން ކަމުން މި ދާއިރާ އަށް ސަރުކާރު ކޯލިޝަނުން ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފައި ވާކަމަށެވެ.

އެހެން ކަމުން ގައްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒާހިރު އާދަމް ނުވަތަ ގައްދޫ ޒާހިރަށް ތާއިދު ކުރުމަށް އެ ޕާޓީން ރޭ ނިންމާފައި ވާކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެޔަލަންސް އެމްޑީއޭ އިން ވަނީ ބުނެފައެވެ.

އެމްޑީއޭ އިން ބުނީ ގައްދޫ ދާއިރާ އަށް ކެންޑިޑޭޓަކު ނުނެރެ ގައްދޫ ޒާހިރަށް ތާއީދު ކުރުމަށް ނިންމީ ޒާހިރަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ނަމަވެސް އޭނާ އަކީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވާ މެމްބަރަކަށް ވާތީ ކަމަށެވެ.

ސަރުކާރު ކޯލިޝަނުން އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށާއި އެމްޑީޕީން ވަކިވެ ޓިކެޓުގެ ބޭނުމުގައި ކޯލިޝަނާއި ގުޅުނު މެންބަރުންނަށް ޓިކެޓު ތައް ބަހަމުން ގެންދިޔަ ނަމަވެސް މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ޢަދާލަތު ޕާޓީއަށް މަދު ގޮނޑިއެއް ދިނުމަށް ކޯލިޝަނުން ވަނީ ދެކޮޅު ހަދައި ޢަދާލަތު ޕާޓީއާއި ނުލާ ކޯލިޝަނުގެ މެދުގައި ގޮނޑިތައް ބަހާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.