ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ ތަކުގެ ތެރެއިން އިސްލާޙުގެނައި 3 ޤާނޫނެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތަޞްދީޤު ކުރައްވާފަ އެވެ.
މި ތިން ބިލަކީ ވެސް މި ހިނގާ ފެބުރުވަރީ މަހުގެ 4 ވި އަންގާރަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި މަޖިލީހުގެ 4 ވަނަ ޚާއްޞަ ޖަލްސާއިން ފާސްކުރެއްވި ތިން ބިލެވެ.
އެހެން ކަމުން އިއްޔެއިން ފެށިގެން [ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)] އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، [ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)]އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، [ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު] އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށްވެސް ޢަމަލުކުރަން ވަނީ ފަށާފައެވެ.
ޚާއްޞަ ޖަލްސާ ތަކުގެ ތެރެއިން އިސްލާޙުގެނައި 3 ޤާނޫނެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...