ރާއްޖޭގެ ޚަބަރު ހ.ތިމާވެށި ގެއިން މަސްތުވާ ތަކެއްޗާއި އެކު 3 މީހަކު ހައްޔަރު ކޮށްފި.

ހ.ތިމާވެށި ގެއިން މަސްތުވާ ތަކެއްޗާއި އެކު 3 މީހަކު ހައްޔަރު ކޮށްފި.

ހ.ތިމާވެށި ގެއިން މަސްތުވާ ތަކެއްޗާއި އެކު 3 މީހަކު ހައްޔަރު ކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ހ.ތިމާވެށިގެ ބަލާފާސްކޮށް މަސްތުވާ ތަކެއްޗާއި އެކު 3 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ރޭ 8:15 އެހާކަންހާއިރު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހ.ތިމާވެށި ގެއަށް ވަދެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ތަކަކާއި އެކު ޒުވާން ދެ ފިރިހެނުންނާއި އަންހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުން އެ ގެ ޗެކްކުރީ މަސްތުވާ އެއްޗެހިތަކެއް އެގޭގައި ހުރި ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލާގައި ހައްޔަރުކުރީ ކޮންބައެއްކަން ފުޅުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެގެއިން ހައްޔަރު ކޮށްފައިވަނީ ޢުމުރުން 23 އަހަރުގެ އަންހެނަކާ ޢުމުރުން 24އަހަރުގެ ފިރިހެނެއްގެ އިތުރުން ޢުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ތިމާވެށި ގެއިން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ފުޅިއާއި މަސްތުވާތަކެތި ކަމަށްތުޙުމަތު ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓާއި ބަނގުރާ ފުޅިއެއްގެ އިތުރުން ބަނގުރާ ހުސްކޮށްފައި ހުރި އެއް ފުޅި ފެނިފައިވާ ކަމަށެވެ.
ހ. ތިމާވެށި ގެއަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގެކަމުގައި ވީނަމަވެސް، ޖާބިރު މިހާރު ދިރިއުޅުއްވަނީ އަނބިކަނބަލުންނާއި އެކު ހުޅުމާލޭގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.