އިސްލާމިކް ފައިނޭންސިންގ މޮޑެލްގެ ދަށުން ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުރަތަމަ ހައުސިންގ ލޯން ސްކީމް އަންނަ މާޗްމަހު ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ އަތޮޅު ތެރޭގެ ރަށް ރަށަށް ހާއްސަ ކޮށްގެން އެންމެ އާދައިގެ މީހާއަށް ވެސް ކުރިމަތި ލެވޭ ގޮތަށް ކުރިޔަށް ގެންދާ މި ލޯނު ސްކީމްގެ ދަށުން ހަތަރު ލައްކަ ރުފިޔާ ހަމަޔަށް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވާކަމަށާއި މި ލޯނު ސްކީމްގެ މަގުސަދަކީ ގޯތި ލިބިފައި ހުރި ފަރާތް ތަކަށް، ގެ ނޭޅިފައި ހުރި މައްސަލަ އަށް ޙައްލެއް ހޯއްދަވައި ދެއްވުން ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މި ލޯނު ސްކީމް ފުރަތަމަ އަމާޒު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކާއި، ސައިޒުގެ ގޮތުން އެންމެ ބޮޑެތި ރަށްރަށުގެ އިތުރުުން އެންމެ ބޮޑަށް ތަރައްގީ ވެފައިވާ ރަށްތަކަށް ކަމަށެވެ.
އެޑްވާންސް ކޮށް ފައިސާ ބަހައްޓަން ނުޖެހޭ ގޮތަށް ކުރިޔަށް ގެންދާ މި ލޯން ސްކީމަށް ފަސް އިންސައްތައަށް ވުރެ މަތިން އިންޓްރަސްޓް ދައްކަން ނުޖެހޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...