ރާއްޖޭގެ ޚަބަރު ސޯޝަލް ލޯން ސްކީމުގެ ދަށުން 4 ލައްކަ ރުފިޔާގެ ލޯނު ދެނީ

ސޯޝަލް ލޯން ސްކީމުގެ ދަށުން 4 ލައްކަ ރުފިޔާގެ ލޯނު ދެނީ

ސޯޝަލް ލޯން ސްކީމުގެ ދަށުން 4 ލައްކަ ރުފިޔާގެ ލޯނު ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަތޮޅުތެރޭގެ ރަށްތަކަށް ހާއްސަކޮށްގެން އެންމެ އާދައިގެ މީހާއަށްވެސް ކުރިމަތިލެވޭފަދަ ގޮތަކަށް ޕްލޭނ ްކޮށްފައިވާ ހައުސިން ލޯނުސްކީމްގައި ހަތަރު ލައްކަ ރުފިޔާ ހަމަޔަށް ލޯނު ނެގުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދާ މަޝްރޫޢު ތަކާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިޔާ ގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ ހައުސިން ލޯނު ސްކީމްގެ މަގުސަދަކީ ގޯތި ލިބިފައި ހުރި ފަރާތް ތަކަށް، ގެތައް ނޭޅިފައި ހުރި މައްސަލަ އަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ގެ އެޅޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުން ކަމަށާއި، މި ލޯނު ސްކީމުން ފުރަތަމަ އަމާޒު ކުރެވޭ ކެޓަގަރީ ތަކުގައި ބަލަނީ، އެންމެ އާބާދީ ބޮޑު، އަދި ސައިޒުގެ ގޮތުން އެންމެ ބޮޑު އަދި އެންމެ ތަރައްގީ ވެފައިވާ ރަށްތަކަށް ކަމަށެވެ.
ޖުމްލަ 20 އަހަރު ދުވަހުން ދައްކާ ޚަލާސް ކުރަންޖެހޭ ގޮތަށް ދޫކުރާ މިލޯނަން ފަސް އިންސައްތައަށް ވުރެ މަތިން އިންޓްރަސްޓް ދައްކަން ނުޖެހޭނެ ކަމަށް ވެސް ހައުސިން މިސްޓަރ ވިދާޅުވިއެވެ. އަދި މި ލޯން ސްކީމަށް އެޑްވާންސް ޕޭމަންޓް ބަހައްޓަން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.