ރާއްޖޭގެ ޚަބަރު ދިވެހި ރާއްޖޭގެ ނައިބު ރައީސް މައްކާގެ ޙަރަމްފުޅުގެ އިމާމާ ބައްދަލު ކުރައްވައިފި

ދިވެހި ރާއްޖޭގެ ނައިބު ރައީސް މައްކާގެ ޙަރަމްފުޅުގެ އިމާމާ ބައްދަލު ކުރައްވައިފި

ދިވެހި ރާއްޖޭގެ ނައިބު ރައީސް މައްކާގެ ޙަރަމްފުޅުގެ އިމާމާ ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގެ ނައިބު ރައީސް މައްކާގެ ޙަރަމްފުޅުގެ އިމާމާ ބައްދަލު ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މައްކާގެ ޙަރަމްފުޅުގެ އިމާމު ޑޮކްޓަރ ޢަބްދުއްރަޙްމާން އަލް ސުދައިސާ އެކު ބޭއްވި ބައްދަލު ވުމުގައި، ރާއްޖޭގައި މިއޮތް ދީނީ އެއްބައިވަންތަ ކަމާއި، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޑރ މުޙައްމަދު ޖަމީލް ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމެއް ކަމަށާއި، ޢަރަބި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރައްވައި، ގުޅުން ވަރުގަދަ ކުރެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ.

މިބައްދަލު ވުމުގައި، ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް، ޑޮކްޓަރ ސުދައިސަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ދަޢުވަތު އަރުވާފައި ވާއިރު، ވަގުތު ހޯއްދަވައިގެން މިދަތުރުފުޅު ކުރައްވާނެ ކަމުގައި ޙަރަމްފުޅުގެ އިމާމު ޑޮކްޓަރ ސުދައިސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.