ރާއްޖޭގެ ޚަބަރު ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގިކަމަށް ތުމަތުކުރެވޭ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގިކަމަށް ތުމަތުކުރެވޭ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގިކަމަށް ތުމަތުކުރެވޭ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެއްޗައި ޖުވާ ކުޅުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 22 އަހަރު މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުރޭ 22:10 ހާއިރުއެވެ. އަދި ކޯޓު އަމުރުގެ ދަށުން އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި 2 ސެލޯފިންކޮޅާއި ސިރިންޖެއްގެ އިތުރުން ޖުވާ ކުޅުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވެއެވެ.
މި މީހާ އާއި ބެހޭ އިތުރު ތަފްޞީލެއް އަދި މީނާގެ ވަނަވަރު ފުލުހުން ޢާއްމު ކޮށްފައެއް ނުވެއެވެ.
މި މައްސަލަ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.