ރާއްޖޭގެ ޚަބަރު އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ ބާޠިލުކޮށް ޖާބިރަށް އަނެއްކާވެސް ޓިކެޓު ދީފި

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ ބާޠިލުކޮށް ޖާބިރަށް އަނެއްކާވެސް ޓިކެޓު ދީފި

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ ބާޠިލުކޮށް ޖާބިރަށް އަނެއްކާވެސް ޓިކެޓު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރަައިމަރީ ބާޠިލުކޮށް ޖާބިރަށް އަލުންޓިކެޓު ދީފިއެވެ.
އެމްޑީޕީން ބުނީ މިގޮތަށް ނިންމީ ޖާބިރަށް ކުރިން އެމްޑީޕީން ޙަވާލު ކޮށްފައިވާ ޓިކެޓު ބާޠިލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން ކަމަށެވެ.

ޖާބިރާއި މެދު ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އޭނާ ވަނީ އިއްޔެ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ.

ޖާބިރާއި މެދު ފިޔަވަޅު އެޅީ ރަނގަޅަށް ނޫން ކަމަށް އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމި ނަމަވެސް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން އެޅި ފިޔަވަޅު ޤަބޫލު ކޮށް ޖާބިރު ވަނީ އެ ކޮމެޓީގެ އެންގުމާއި އެއްގޮތަށް ކުރިން އެ ޕާޓީގެ މެންބަރުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.