ރާއްޖޭގެ ޚަބަރު ޑޮކްޓަރުންގެ މުސާރަ ތައް އަލުން މުރާޖަޢާ ކުރަނީ

ޑޮކްޓަރުންގެ މުސާރަ ތައް އަލުން މުރާޖަޢާ ކުރަނީ

ޑޮކްޓަރުންގެ މުސާރަ ތައް އަލުން މުރާޖަޢާ ކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މައްސަލަތަކެއް ހުރިކަމަށް ބުނެ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު އަލުން މުރާޖަޢާ ކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ރައީސްއޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި ފާހަގަ ކުރެވޭ މައްސަލަތަކެއް ހުރުމާއި އެކު، އެއޮނިގަނޑުގައި ޑޮކްޓަރުންނާއި އެހެނިހެން ފަރާތްތަކުގެ ކަންބޮޑުވުން ތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާތީ، އެ އޮނިގަނޑު ދިރާސާކޮށް ކަމާއިބެހޭ ފަރާތްތަކާއި އެކު މިހާރު މަޝްވަރާ ކުރަން ފަށާފައި ވާކަމަށެވެ.
ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި މައްސަލަތައް ހުރިކަމަށް ގަބޫލު ކުރެވޭތީ އެކަން ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް، މިހާރު ކަމާބެހޭ ފަރާތްތަކުން ގެނެސްފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިދިޔަމަހު އަމަލުކުރަންފެށި ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި މައްސަލަތަކެއް ހުރުމުން އެއޮނިގަނޑަށް އަމަލުކުރަން މެދުކަނޑާލަފައި ވަނީ އިއްޔެގެ ވަގުތެއްގަ ބައެއް ޑޮކްޓަރުން އެކަން މީޑިޔާ ގައި ފެންމަތި ކުރުމާި ވިދިގެންނެވެ.
މިދިޔަ މަހުން ފެށިގެން، ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައީ އިންޑިއާ އާއި ލަންކާގެ ޑޮކްޓަރުންގެ މުސާރައާ އެއްވަރަކަށް ދިވެހި ޑޮކްޓަރުންގެ މުސާރަތައް އެއްވަރު ކުރުމަށް، ނަމަވެސް އެކަން އެގޮތަށް ނުވެ ޑޮކްޓަރުންގެ ޖުމްލަ އާމްދަނީ ދަށަށް ދިޔަ ކަމަށް ބައެއް ޑޮކްޓަރުންދަނީ ބުނަމުންނެވެ. ނަމަަވެސް ހެލްތު މިނިސްޓްރީން އިއްޔެ މިކަން ވަނީ ދޮގުކޮށްފައެވެ.
މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ ބައެއް މީޑިޔާ ތަކުގައި ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު "ޑޮކްޓަރުންގެ މުސާރަ ކުޑައެއް ނުވާނެ" ކަމަށެވެ. މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައި ވާނީ ގިންތިތަކެއް ކަނޑައަޅައިގެން ކަމަށާއި ކުރިން 12000ރ ގެ އަސާސީ މުސާރަ ލިބޭ ބައެއް ޑޮކްޓަރުންނަށް މިހާރު 17000ރ. ލިބޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މެނިފެސްޓޯގައި ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.