ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކާށީދޫ ދާއިރާއަށް ވާދަކުރުމަށް ޓިކެޓް ދިނުމަށް ފަހު ޓިކެޓް އަތުލި މައްސަލަ ޖާބިރުގެ ފަރާތުން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި އިސްތިއުނާފް ކޮށްފިއެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޖާބިރަށް ދިނުމަށް ފަހު އެ ޓިކެޓް ބާތިލްކޮށް އަލުން އެ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލުމަށް ފަހު މާދަމާގެ ވަގުތެއްގައި ޕްރައިމަރީ ބާއްވާނެ ކަން އިޢުލާނު ކޮށްފައި ވަނިކޮށް ޕްރައިމަރީގައި ބައިވެރިވުމަށް ނަން ވެސް ހުށަހެޅުމަށް ފަހު ޖާބިރަށް ކުރިން ދިން ޓިކެޓް އަނބުރާ އަތުލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ޖާބިރުގެ ފަރާތުން މިއަދު ވަނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ހުށަހަޅާފައެވެ.
މި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދީ ޖާބިރު ހުށަހެޅުއްވި ސިޓީގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ފިޔަވަޅު އަޅާ ކޮމެޓީގެ މެންޑޭޓުން ބޭރުގައި ކަމަށާއި އެ ކޮމެޓީގެ ނިންމުމަކީ އިންސާފުގެ ހަމަތަކާއި، ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާގައި ބުނާ ހަމަހަމަ ކަމާއި ތަފާތު ނުކުރުމުގެ މައިގަނޑު އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ވަރަށް ހުދުމުހްތާރު ގޮތެއްގައި އޭނާ އާއި މެދު ވަރަށް ބޮޑަށް ތަފާތު ކުރެވިގެން ކަމަށެވެ.
ޖާބިރުގެ ޓިކެޓް އަތުލި މައްސަލަ އޭނާގެ ފަރާތުން މިއަދު ޕާޓީގައި އިސްތިއުނާފް ކޮށްފައި ވާއިރު، އެމްޑީޕީން އިއްޔެ ވަނީ ކާށިދޫ ދާއިރާގެ ޕްރައިމަރީ މާދަމާ ބާއްވާނެ ކަން ޢާއްމުކޮށް އިޢުލާނުކޮށް ކެންޑިދޭޓުންގެ ނަންތައް ވެސް ހާމަ ކޮށްފައެވެ.
އެމްޑީޕީން އިއްޔެ ކުރި އިޢުލާނުގައި ބުނީ, ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީގެ ޕްރައިމަރީ އަންނަ ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މިފަހަރުގެ ޕްރައިމަރީގައި ވާދަކުރުމަށް, ހުށަހަޅާފައި ވަނީ ކުރިން މިދާއިރާގެ ޓިކެޓް ޕްރައިމަރީ އަކާ ނުލާ ޙަވާލު ކޮށްފައިވާ ޢަބްދުﷲ ޖާބިރުގެ އިތުރުން، އައިޝަތު މަމްދޫހާ، ކަމަށެވެ.
މާދަމާ ބާއްވާ ކާށިދޫ ދާއިރާގެ ޕްރައިމަރީފައި ވާދަކުރެއްވުމުގެ ފުރުސަތު ޖާބިރަށް ދީފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޖާބިރާމެދު އެޅި ފިޔަވަޅުތައް ބަލައިގަނެ އެކޮމީޓިން ނިންމި ގޮތަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން ޖާބިރު މަޢާފަށް ވެސް އެދިވަޑައި ގަތުމުން ކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...