ރާއްޖޭގެ ޚަބަރު އަދާލަތު ޕާޓީގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ޖޭޕީގެ ލީޑަރުން ދައްކާ ވާހަކަ ކުށްވެރިކުރަން: ޑރ ޝަހީމް

އަދާލަތު ޕާޓީގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ޖޭޕީގެ ލީޑަރުން ދައްކާ ވާހަކަ ކުށްވެރިކުރަން: ޑރ ޝަހީމް

އަދާލަތު ޕާޓީގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ޖޭޕީގެ ލީޑަރުން ދައްކާ ވާހަކަ ކުށްވެރިކުރަން: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ޖޭޕީގެ ލީޑަރުން ދައްކާ ވާހަކަ ކުށްވެރިކުރާކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ސެކްރެޓަރީ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޖުމްހުރީ ޕާޓީވެސް ހިމެނޭ ސަރުކާރުގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ކަންވެސް ކުރައްވަމުންގެންދަވާ ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައެވެ. ޑރ ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ޖޭޕީގެ ލީޑަރުން ވާހަކަ ދައްކަވަމުން ގެންދަވާކަމަށާއި އެކަން ކުށްވެރި ކުރައްވާކަމަށެވެ.

މީގެއިތުރުން ޑރ ޝަހީމް ކުރައްވާފައިވާ އެހެން ޓުވީޓެއްގައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ކުރިމަތިލާގެ ދާއިރަތަށް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ވެރިންގެ ކައިރިން އަހަން ނުޖެހޭނެކަމަށާއި އަދާލަތުން ކުރިމަތިލާނެ ދާއިރާތައް އެނގޭނީ އަދާލަތަށް ކަމަށެވެ.

ރައްޔިތުންގެ މަޖްލިސް އިންތިހާބުގެ ދާއިރާތައް ބެހުމުގައި އަދާލަތު ޕާޓީއާއި ސަރުކާރު ހިންގާ ކޯލިޝަނުގައި "ޝަރުތުތަކާއެކު" ތިބި ޕާޓީތަކާދެމެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.