އައްޝައިޚް އަޙްމަދު ސަމީރު ގެ ތައުޙީދު ކްލާސްތަކުގެ ވީޑިއޯ ބޭނުންފުޅުވާ ފަރާތްތަކަށް ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.
ފުރުޤާން މިސްކިތުގައި ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު ޢިޝާ ނަމާދު ފަހާއި ކޮންމެ ހޮނިހިރު ދުވަހެއްގެ އަޞުރުފަހުގައި ކުރިއަށް ގެންދާ ތައުޙީދު ކުލާސް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު 10 ވަނަ ދުވަހު އެވެ.
ޝައިޚް ސަމީރުގެ ކްލާސްތައް ވީޑިއޯ ކުރަމުންދަނީ މިސްކިތްތަކުގައި ޢާއްމުކޮށް ބާއްވާ ދަރުސްތައް ރެކޯޑު ކުރަމުންގެންދާ ޢިލްމު ފައުންޑޭޝަންގެ ފަރާތުންނެވެ. މި ކްލާސްތަކުގެ ވީޑިއޯ އެޑިޓްކޮށް، ބޭނުންފުޅުވާ އެކިއެކި ބޭފުޅުންނަށް ދިނުމަށް ހަމަޖައްސާފައިވަނީ ޖަމްއިއްޔަތުއްސަލަފުގެ އޮފީހުންނެވެ. މީގެ އިތުރުން މިކްލާސްތައް ޔޫޓިއުބް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެކަމަށާއި ދަރުސްލައިވް މެދުވެރިކޮށް ބެލޭނެ ގޮތް ހަދާނެކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.
އިތުރު މައޫލޫމާތު ހޯއްދެވުމަށް ޖަމްޢިއްޔަތުއްސަލަފުގެ އެޑްމިން މުޙައްމަދު ތަސްލީމު 9965666 އާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...