ރައްޔިތުން މަޖްލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ފަރާތްތަކަށް ބޭއްވި ޕްރައިމަރީގައި ޑރ އަބްދުލް މަޖީދު އަބްދުލް ބާރީއަށް ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގެންފިއެވެ.
ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ މަޖީދު ވާދަކުރެއްވި އިނގުރައިދޫ ދާއިރާއިން 229 ވޯޓާއެކު ލިބިޑައިގަތީ ދެވަނައެވެ. އެއްވަނަ ލިބުނީ 245 ވޯޓާއެކު އިނގުރައިދޫއިން ވާދަކުރި އަބްދުލް މަތީން އަށެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖްލިސްގެ ރައީސްކަން ކުރެއްވި ޑރ މަޖީދުވަނީ ފަހުން އަދާލަތު ޕާޓީ ދޫކުރައްވާ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. ޑރ މަޖީދުއަކީ އެންމެ ފުރަތަމަ އިސްލާމިކް އެފެއަރޒް މިނިސްޓަރވެސް މެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...