ރާއްޖޭގެ ޚަބަރު އެކްސިޑެންޓް ވުމުން ފިލައިގެން ދިޔަ ދޯނި ހޯދައި އޭގެ ފަޅުވެރިން ހައްޔަރު ކޮށްފި

އެކްސިޑެންޓް ވުމުން ފިލައިގެން ދިޔަ ދޯނި ހޯދައި އޭގެ ފަޅުވެރިން ހައްޔަރު ކޮށްފި

އެކްސިޑެންޓް ވުމުން ފިލައިގެން ދިޔަ ދޯނި ހޯދައި އޭގެ ފަޅުވެރިން ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފ.ފިލިތެޔޮ ރިސޯޓްގައި ދުއްވާ ސަޕްލައި ދޯންޏެއް ކަމަށްވާ "3 އޭ 28" ދޯނީގައި އެކްސިޑެންޓް ވުމުން އެހީތެރިނުވެ ފިލައިގެން ދިޔަ ދޯނި ހޯދައި އޭގެ ފަޅުވެރިން ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންބުނީ އެ ދޯނި ފެނިފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކާއި މެދު ޝައްކު ކުރެވިގެން މެރިން ޕޮލިހުން ގޮސް ސުވާލުކޮށް ބެލުމުން ކަމުގައެވެ.

އަދި "ކުމެރި" ނަމަކަށް ކިޔާ މިދޯންޏާއި ފަޅުވެރިން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައެވެ.

ފ.ފިލިތެޔޮ ރިސޯޓްގައި ދުއްވާ ސަޕްލައި ދޯންޏެއް ކަމަށްވާ "3 އޭ 28" ދޯނި އަޑިއަށް ގޮސްފައިވަނީ އދ. ދިގުރަށުގެ އިރުން 15 މޭލު ބޭރުންނެވެ. 60 ފޫޓްގެ މިދޯނި އަޑިއަށް ދިއުމާއި ގުޅިގެން އޭގައި ތިބި މީހުންވަނީ ދޯނީގައި އޮތް ޑިންގީ އަކަށް އަރާފައެވެ. މިދޯނި އަޑިއަށް ދިޔައިރު ދޯނީގައި 8 ފިރިހެނުންނާއި 2 އަންހެނުންނާއި 2 ކުޑަކުދިން ތިއްބެއެވެ.

މިހާދިސާގައި އެކްސިޑެންޓްވި ކަމަށް ބެލެވޭ ކުމެރި ދޯނި ވަނީ އެކްސިޑެންޓް ވުމުން މަޑުނުކޮށް އެސަރަހަށްދުން ގޮަސްގައެވެ.

އެކްސިޑެންޓްވެ އަޑިޔަށްދިޔަ ދޯނީގައި ތިބި މީހުންގެ ތެރެއިން ކެޕްޓަން ފިޔަވާ 11 އެހެން އެންމެން ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް 113 ނަންބަރު ލޯންޗުގައި މާލެ ގެނެސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.