އިސްލާމިކް މިނިސްޓްރީގެ އަމީން ޢާންމުގެ މަގާމަށް ޝެއިޚް ޠާހާ ނަޢީމް ޢައްޔަނު ކުރައްވައިފި. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އަމީން ޢާންމުގެ މަގާމަށް، ރައީސްުލް ޖުމްހޫރިއްޔާ މިއަދު ޢައްޔަނު ކުރައްވާފައި ވަނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ފަތިސް އައްޝައިޚު ޠާހާ ނަޢީމު ކަމަށާއި، އޭނާ މި މަޤާމަށް ޢައްޔަނު ކުރެއްވީ މިނިސްޓަރުންގެ ނާއިބުންގެ ފެންވަރުގައި ކަމަށެވެ.
ޝައިޚް ޠާހާ ނަޢީމަކީ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި އެޓޮލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ވެސް އިސް މަޤާމް ތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ޝެއިޚް ޠާހާ ގެންދަވަނީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ކްލާސް ތަކެއްވެސް ހިންގަވަމުން ގެންދަވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...