ރާއްޖޭގެ ޚަބަރު ފުރަމާނަ ދަތުރުފުޅެއްގައި ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް މިއަދު ރާއްޖެ ވަޑައިގެންފި

ފުރަމާނަ ދަތުރުފުޅެއްގައި ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް މިއަދު ރާއްޖެ ވަޑައިގެންފި

ފުރަމާނަ ދަތުރުފުޅެއްގައި ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް މިއަދު ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަތަރު ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާާ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ ރާއްޖެ ވަޑައިގަތުމުން އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއި، ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން، ނޭޕާލް ހައިކޮމިޝަންގެ އިސް އޮފިޝަލުންނެވެ.

މިދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދަޢުވަތަކަށް ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޖެނެރަލް ރާނާ ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެެ. އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ބައްދަލުކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނަރަލް ގައުރަވް ޝުމްޝާ ޖަންގ ބަހާދުއްރަނާ ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.