ރާއްޖޭގެ ޚަބަރު ވެރިކަން ހޯދުމަށް ހުރަސްއެޅި މީހުންނަށް ކޯލިޝަނުން ޓިކެޓް ދިނުމުން ޢަދާލަތު ޕާޓީން ފާޑުކިޔައިފި

ވެރިކަން ހޯދުމަށް ހުރަސްއެޅި މީހުންނަށް ކޯލިޝަނުން ޓިކެޓް ދިނުމުން ޢަދާލަތު ޕާޓީން ފާޑުކިޔައިފި

ވެރިކަން ހޯދުމަށް ހުރަސްއެޅި މީހުންނަށް ކޯލިޝަނުން ޓިކެޓް ދިނުމުން ޢަދާލަތު ޕާޓީން ފާޑުކިޔައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯލިޝަނުން ވެރިކަން ހޯދުމަށް ހުރަސްއެޅި މީހުންނަށް ޓިކެޓް ދިނުމުން ޢަދާލަތު ޕާޓީން ފާޑުކިޔައިފިއެވެ.

އެމްޑީޕީގައި އުޅުނު ބަޔަކަށް ޖުމްހޫރީ ޕާޓީން ކޯލިޝަން ޓިކެޓް ދީފައި ވާކަމަށާއި، އެމީހުން މި ސަރުކާރަށް ވަފާތެރި ނުވާނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، ސަރުކާރު ކޯލިޝަނުގެ ޓިކެޓް އަދާލަތު ޕާޓީއަށް ދިނުމަށް ކޯލިޝަނުގެ ބައިވެރިންގެ ޝައުޤުވެރިކަން ނެތް ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބެ ކޯލިޝަނާއި ދެކޮޅަށް މަސައްކަތް ކޮށް ވެރިކަން ލިބުމުން ކޯލިޝަނުގެ ޓިކެޓްދީ އަލުން އަނބުރާ އެމީހުން މަޖިލީހަށް ގެނައުމަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާ ކަމަށެވެ.

އެހެން ނަމަވެސް އެމީހުންނަކީ މާދަމާ ވެސް ހޮވުމާއި އެކު އެމީހުންވީ ވަޢުދު ތައް ހަނދާން ނައްތާލާނެ ބައެއް ކަމަށާއި، އެމީހުންނަކީ ކޯލިޝަނަށް ވަފާތެރި ވާނެ ބައެއް ނޫން ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޢަދާލަތަށް ކޯލިޝަނުގެ ޓިކެޓު ދޭން ބުނުމުން މައްސަލަ ޖެހި އެމްޑީޕީގައި އުޅެ ކޯލިޝަނާއި ދިމާއަށް ދީލާލި ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ކޯލިޝަން ޓިކެޓް ދިނުމަކީ އިންސާފެއް ނޫން ކަމަށާއި، އިހުސާންތެރި ކަމެއް ހުރި ނަމަ ކޯލިޝަނުގެ ޓިކެޓް ތަކެއް ޢަދާލަތު ޕާޓީ އަށް ދޭން ޖެހޭ ކަމަށެވެ.

ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވެސް ވަނީ ޢަދާލަތު ޕާޓީއަށް މަދުވެގެން ހަތް ގޮނޑި ކޯލިޝަނުގެ ތެރެއިން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އެހެން ނަމަވެސް މި ކަމުގައި އަދި އެއްވެސް އަލި މަގެއް ފެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.