މުއްދަތު ހަމަވިއިރު އަހަރީ ރިޕޯޓު ހުށަހެޅީ ށ. އަތޮޅު ކައުންސިލުން އެކަނިކަމަށް ލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.
އެލްޖީއޭ އާއި ހަވާލާދީ ވީނިއުސްގައި ޝާއިއުކޮށްފައިވާ ގޮތުގައި "ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ކައުންސިލްތަކުން ހުށަހަޅަން ޖެހޭ ސުންގަޑި އިއްޔެ ހަމަވެފައިވާ" ކަމަށާއި "އަހަރީ ރިޕޯޓް ހުށަހެޅީ ށ. އަތޮޅު ކައުންސިލުން އިދާރާއިން އެކަނި"ކަމަށެވެ.
"ކައުންސިލްތަކާއި ގުޅޭ އިދާރީ މިފަދަ ކަންކަމާއި ގުޅޭ ގޮތުން ކައުންސިލްތައް ހޭލުންތެރިކޮށް ޒިންމާދާރު ކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން ކޮށްފައިވާނެ. ބައެއް ކަހަލަ ރިޕޯޓުތައް އެކުލަވާލުމަށް އެލްޖީއޭއިން ޓެމްޕްލޭޓްތަކެއް ތައްޔާރުކޮށް، ކައުންސިލްތަކަށް ފޮނުވާފައިވެސް ވާނެ." ކަމަށްވެސް އެލްޖީއޭއިން ހާމަކޮށްފައިވެއެވެ.
އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުން އަހަރު ނިމުމުން އެ ނިމުނު އަހަރުގެ އަހަރީ ރިޕޯޓް ފޮނުވަން ލާމަރުކަޒީ ގާނޫނުގެ 109 ވަނަ މާއްދާގެ ދަށުން ލާޒިމް ކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...