ހަލާލު ލޯގޯ ސެޓްފިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ކުންފުނިތަކަށް ވަނީ ހުޅުވާލާފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި "ހަލާލު ސެޓްފިކެޓު ދޫކުރުމާއި ގުޅޭ ގަވާއިދު ގެޒެޓުކޮށްފައިވާ ދުވަހުން ފެށިގެން ގަވާއިދަށް އަމަލު ކުރަން ޖެހޭ ކަމަށާއި ހަލާލު ސެޓްފިކެޓު ދޫކުރުމާއި ގުޅޭ ގަވާއިދު 30 ޑިސެމްބަރު 2013 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާނެ"ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގައި މީގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްއެއްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ "ހަލާލު ސްޓެފިކެޓު ރާއްޖެއަށް ތައާރަފްވުމަކީ ރާއްޖޭގެ ކަނޑުމަހުގެ ވިޔަފާރިއަށް އައި ވަރަށް ބޮޑު ރަނގަޅު ހެޔޮ އިންގިލާބެއް”ކަމަށެވެ.
ހަލާލު ސެޓްފިކެޓު ދޫކުރުމާއި ގުޅޭ ގަވާއިދަކީ އިކޮނޮމިކް މިނިސްޓްރީން ތައާރަފްކުރި ގަވާއިދެކެވެ. އަދި މިގަވާއިދު ތަންފީޒު ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...