މިއަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުން ހިންގުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރަކަށް ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި އޮތް ބައްދަލުވުމެއްގައި ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. އަދި މި އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ.
މި ބައްދަލުވުމުގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުރަންހުރި މަސައްކަތްތަކާއި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންގެ މަސްޢޫލިއްޔަތުތަކާއި އޮޕަރޭޝަނަށް ވެފައިވާ ތައްޔާރިތަކާއި ބެހޭތުން މަޢުލޫމާތު ބަދަލުކުރެވި ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުންވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އަމާން އޮމާން މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...