ރާއްޖޭގެ ޚަބަރު ހަފުތާއެއްގެ ތެރޭގައި 109 މީހަކަށް ދައުވާ ކުރަން އެދިއްޖެ

ހަފުތާއެއްގެ ތެރޭގައި 109 މީހަކަށް ދައުވާ ކުރަން އެދިއްޖެ

ހަފުތާއެއްގެ ތެރޭގައި 109 މީހަކަށް ދައުވާ ކުރަން އެދިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވޭތުވެދިޔަ ހަފްތާތެރޭގައި 64 މައްސަލައެއްގެ ތަޙުޤީޤު ނިންމައި 109 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ 25 މައްސަލައަކާއި ވައްކަމުގެ 13 މައްސަލައަކާއި މާރާމާރީގެ 10 މައްސަލައަކާއި ބަދުއަޚްލާޤީ އަމަލު ހިންގުމުގެ 09 މައްސަލައާއި ޗެކް ބައުންސްވުމުގެ 02 މައްސަލައަކާއި ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގޯނާ ކުރުމުގެ 02 މައްސަލައެއްގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 03 މައްސަލައެއް ހިމެނެއެވެ.

މި މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރުމަށްފަހު 2013 ޑިސެމްބަރު 22 ން 28 ވަނަދުވަހުގެ ނިޔަލަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު އިޢުލާންކޮށްފައިވާ 100 ދުވަހުގެ މަގުޗާޓުގައި އަމާން ރައްކާތެރި މުޖުތަމައެއް ކަށަވަރުކުރުމާއި ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުޤީޤް އަވަސްކޮށް، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މަދުވެގެން 80 އިންސައްތަ މައްސަލަތަކުގެ ތަހުޤީޤު ނިންމުމަށްޓަކައި ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 80 އިންސައްތަ މައްސަލައިގެ ތަޙުޤީޤު ނިންމުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.

އެގޮތުން މައްސަލަތައް ތަހުޤީޤު ކުރުމުގައި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުންގެ އިރުޝާދާއި ލަފާ ހޯދުމުގެ އިތުރުން މައްސަލަތައް ނިންމުމަށްޓަކައި ފުލުހުންގެ އެކި ޑައިރެކްޓްރޭޓް ތަކާއި ކޮމާންޑްތަކުން އަދި ޑިޕާޓްމަންޓްތަކުގެ މެދުގައި ވަރަށް ވަރުގަދަ ގުޅުމެއް ވަނީ އެކުލަވައި ލެވިފައެވެ. މިގޮތުން އެއް އެއްތަނުން އަނެއް ތަނަށް ފޮނުވަންޖެހޭ ބޭނުންވާ ރިޕޯޓްތަކާއި އެހެނިހެން ލިޔެކިޔުންތައް އަވަހަށް ހޯދުމުގައި އެއް ޑިޕާޓްމަންޓު އަނެއް ޑިޕާޓްމަންޓާއި ގުޅިގެން ބޮޑު މަސައްކަތެއް ފުލުހުން ދަނީ މިހާރު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.