ރާއްޖޭގެ ޚަބަރު ލަންކާ މަސްބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ލަންކާ މަސްބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ލަންކާ މަސްބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓިގެން ރާއްޖެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އޮޔާދާ "އިނޯލީ ދުވާ" ނަމަކަށް ކިޔާ ލަންކާގެ މިމަސްބޯޓުގައި ޖުމްލަ 3 މީހުންތިބި އިރު މިބޯޓަކީ ރަތާއި ހުދު ކުލަ ލާފައިވާ 40 ފޫޓްގެ ބޯޓެކެވެ. މި ބޯޓު މިހާރު އޮތީ މާލޭގެ އިރުން 80 ނޯޓިކަލް މޭލު ބޭރުގައެވެ.

މިބޯޓަށް އެހީތެރިކަން ފޯރުކޮށްކޮށްދިނުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.