ރާއްޖޭގެ ޚަބަރު ފްލެޓް އެނދި ޙާދިސާގައި ގެއްލުން ލިބުނު ކުޑަ ކުދިންނަށް އަންނައުނު ހަދިޔާ ކޮށްފި

ފްލެޓް އެނދި ޙާދިސާގައި ގެއްލުން ލިބުނު ކުޑަ ކުދިންނަށް އަންނައުނު ހަދިޔާ ކޮށްފި

ފްލެޓް އެނދި ޙާދިސާގައި ގެއްލުން ލިބުނު ކުޑަ ކުދިންނަށް އަންނައުނު ހަދިޔާ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭ މަށި ފްލެޓް ތައް އަނދައިގެން ދިޔަ ޙާދިސާގައި ގެއްލުން ލިބުނު ކުޑަ ކުދިންނަށް އަންނައުނު ހަދިޔާ ކޮށްފިއެވެ.
މިކަން ކަށަވަރު ކޮށްދެމުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ އެކުވެރި ޢަރަބި ޢިމާރާތުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ފައްޓަވާފައިވާ އެއްމިލިޔަން ކުދިންނަށް ހެދުން ފޯރު ކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން ހުކުރު ދުވަހު އަނދައިގެން ދިޔަ މަށި ފްލެޓް ތަކުގައި ދިރިއުޅުނު ކުދިންނަށް ހެދުން ފޯރު ކޮށްދީފައި ވާކަމަށެވެ.
އެޗްޑީސީން ބުނީ މި ޙާދިސާގައި އަނދައިގެން ދިޔަ މަށި ރޯހައުސްް ތަކުގައި ދިރިއުޅުނު ކުދިންގެ އިތުރުން އަލިފާނުގެ ސަބަބުން އަނައުނު އަނދައިގެން ގޮސްފައިވާ އެހެން ރޯހައުސް ތަކުގައި ދިރިއުޅޭ ކުދިންނަށް ވެސް ހެދުން ފޯރުކޮށްދީފައި ވާކަމަށެވެ.
ހުޅުމާލޭ މަށި ރޯހައުސް ތަކެއްގައި ހިނގި އަލިފާނުގެ ޙާދިސާގައި އަލިފާން ރޯވި ރޯހައުސް މަށި އެކެއް ދޭން ތިނެއް އަދި 4 ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިއެވެ.
މީގެ އިތުރުން މަށި ފަހެއް، ހައެއް އަދި 7 އަށް އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު، ރޯހައުސް މަށި ހުންނަ ސަރަޙައްދުގެ އަނެއްފަޅީގައި ހުންނަ ރޯހައުސް ސަނދުރަ 7 އަދި 8 އަށް ވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.