ރާއްޖޭގެ ޚަބަރު މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ދެ މީހަކު ހޯދަނީ

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ދެ މީހަކު ހޯދަނީ

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ދެ މީހަކު ހޯދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ދެ މީހަކު ހޯދަން ފަށާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ކަށަވަރު ކޮށްދެމުން ފުލުހުން ބުނީ ފުލުހުން ހޯދަމުން ގެންދާ ދެ މީހުންނަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން މި ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އަތުލައިގަތް މަސްތުވާ ތަކެތީގެ ބޮޑު ނެޓްވޯކުގައި ހިމެނޭ ދެ މީހުން ކަމަށެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ މައްސަލާގައި ފުލުހުން ހޯދަމުން ގެންދާ ދެ މީހުންނަކީ ގ. މެޑޯ، ޢުމުރުން އެކާވީސް އަހަރުގެ އިސްމާޢީލް ޒީހާންގެ އިތުރުން މއ. އަނޫމާ، ޢުމުރުން ތޭވީސް އަހަރުގެ ފައިސަލް އިބްރާހިމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބޮޑު ނެޓްވޯކެއް އަތުލައި ގަތުމަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން ހ. ފަހާގެއާގޭގެ އިތުރުންވެސް މި ނެޓްވޯކާއި ގުޅުންހުރި އެހެނިހެން ބައެއް ތަންތަން ފުލުހުން ބަލައި ފާސްކޮށްފައި ވާއިރު، ހ. ފަހާގެ އާގެ ބަލައި ފާސްކުރިއިރު އެގެއިން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުޅާ ދާއިރާއެއްގައި ދިވެހި ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މި ނެޓްވޯކާއި ގުޅުން ހުރި ކަމަށް ތުޙުމަތު ކުރެވޭ ހަތަރު މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، މީގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ ރައްޔިތަކާއި ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން ދެ ދިވެހިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުސް އޮފީހުން ބުނީ މި ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ އެމަޢުލޫމާތު ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ އެމަޖެންސީ ނަމްބަރު 119 އަށް ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ނަމްބަރު 9792498 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.