ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް މެޑިކަލް ކޭމްޕް ތަކެއް އެމްއެންޑީއެފުން ހިންގާނެ ކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.
ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމު ކުރުމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ސިފައިންގެ ކޮންމެ އޮޕަރޭޝަނަލް ކޮމާންޑަކާއި ތަމްރީންދޭ މަރުކަޒްތަކުގައި ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ފޯސް ހެލްތް އޮފިސަރުން ރާއްޖޭގެ ތިން ސަރަޙައްދަކަށް މިހާރު ކަނޑައަޅާފައި ވާކަމަށާއި، މިކަމަކީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ރިޔާސީ ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހުގެތެރޭގައި އެމްއެންޑީއެފް އިން ޙާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ކޮށުނު މަގެއް ކަމަށެވެ.
އެގޮތުން އެމްއެންޑީއެފުން ރާއްޖޭގެ ތިން ސަރަޙައްދަކަށް ފޯސް ހެލްތް އޮފިސަރުންގެ ގޮތުގައި އައްޔަން ކޮށް ފޮނުވާ ސިފައިންގެ ބޭކަލުންނަކީ، ބެޗްލަރ އޮފް ސައިންސްއިން ޕްރައިމަރީ ހެލްތްކެއަރ ފުރިހަމަ ކުރައްވާފައިވާ ބޭކަލުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ތިން އޭރިއާ ކޮމާންޑަކަށް ފޯސް ހެލްތް އޮފިސަރުންގެ ގޮތުގައި މެޑިކަލް އެސިސްޓެންޓުން ޕޯސްޓް ކުރުމާއިއެކު މި އޭރިއާތަކުގައި މެޑިކަލް ޚިދުމަތް ޤާއިމްކޮށް، އެ އޭރިއާއެއްގައި މަސައްކަތްކުރާ ސިފައިންގެ ދުޅަހެޔޮކަން ޔަގީންކުރުމާއި ހެލްތް އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އެ އޭރިއާ އަކަށް ނިސްބާތްވާ އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ މެދުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކޮށް ސިއްހީ ދާއިރާއަށް އަހުލުވެރި ކުރުމަށް ޓަކައި މަޢުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމާއި، އެމްއެންޑީއެފް މެޑިކަލް ސަރވިސް ގުޅިގެން އެ އޭރިއާއަށް ނިސްބަތްވާ ރަށްތަކުގައި މެޑިކަލް ކޭމްޕްތައް ހިންގާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...