ރާއްޖޭގެ ޚަބަރު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއި އެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއި އެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއި އެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުން ފާސް ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ގެންނެވި 14 އިޞްލާޙާއެކު ކޮމިޓީން ނިންމެވިގޮތަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

އިއްޔެގެ ޖަލްސާގައި މި ބިލަށް ގެންނަން ފާސްކުރެވުނު އިޞްލާޙުތަކަކީ، މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު 11 އިޞްލާޙާއި، އެ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުނު 1 އިޞްލާޙާއި، އަދި އެ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުނު 2 އިޞްލާޙެކެވެ.

މި ބިލު އެ އިޞްލާޙުތަކާއެކު ފާސްކުރައްވާފައިވަނީ 54 މެންބަރުންގެ އިއްތިފާޤުންނެވެ.

މިބިލުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު އިޞްލާޙުތަކުގެ ތެރެއިން 1 އިޞްލާޙު ފާހެއްނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.