އައުޓަރ އައިލަންޑްސް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް ޕްރޮޖެކްޓަށް މިއަހަރު ވިހި މިލިއަން ޑޮލަރު ނެގުމުގެ ހުއްދަ މަޖިލީހުން އިއްޔެ ދީފިއެވެ.
މިގޮތަށް މި ލޯނު ނެގުމަށް މަޖިލީހުން އަލުން ހުއްދަ ދީފައި މިވަނީ 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ “އައުޓަރ އައިލަންޑްސް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް ޕްރޮޖެކްޓް 20,000,000 (ވިހި މިލިއަން) ޔޫ.އެސް. ޑޮލަރުގެ ލޯނު” ހުށަހެޅިފައިވާ ގޮތަށް ލޯނުގެ ކަންތައް ކުރިއަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީއިން ހުއްދަ ދެއްވާފައި ވަނިކޮށް، ލޯނުގެ ފުރިހަމަ މަޢުލޫމާތުތައް ފޮނުއްވާފައި ވާއިރު، ބައެއް މަޢުލޫމާތު ބަދަލު ވެފައިވާތީ ކަމަށެވެ.
އެހެން ކަމުން މި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ލޯނު ނެންގެވުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެ ލައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރައްވާފައި މިވަނީ 53 މެންބަރުން އިއްތިފާޤުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...