ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ ފުރާވަޑައިގެންފިއެވެ.
މިކަން ކަށަވަރު ކޮށްދެމުން ޑިފެންސް މިނިސްޓްރީން ބުނީ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް މިއަދު ޝްރީލަންކާ އަށް ފެއްޓެވި ރަސްމީ ދަތުރުފުޅަކީ ލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމް މިއަދު ޝްރީލަންކާ އަށް ފެއްޓެވި މިދަތުރުފުޅުގައި ސްރީލަންކާގައި ތިއްބަވާ ބޭރު ބައެއް ޤައުމުތަކުގެ ތެރއިން ކުވައިތު، ޔޫއޭއީ، އީރާން، ޔޫކޭ އަދި ޖަރުމަނުގެ ސަފީރުންނާއި ބައްދަލު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި މި ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ދިވެހިރާއްޖޭގެ އަސްކަރިއްޔާ ތަރައްޤީ ކުރުމުގައި މި ޤައުމުތަކުން އެހީތެރިކަން ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
ޑިފެންސް މިނިސްޓަރ ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިހާރުގެ ސަރުކާރުން ވަނީ ޔޫރަޕްގެ ޤައުމު ތަކާއި އެކު އޮންނަ ގުޅުން ތަކަށް ބަރޯސާ ނުވެ ޢަރަބި އިސްލާމީ ޤައުމު ތަކުގެ އެހީތެރިކަން ކަންކަމުގައި ހޯއްދަވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ ސްރީލަންކާއަށް ފުރާވަޑައިގެންފި
ކޮމެންޓް (0)
ލޯޑް ކުރަމުން...