ރާއްޖޭގެ ޚަބަރު ޒަކާތާއި ބެހޭ ބިލުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި: މިނިސްޓްރީ

ޒަކާތާއި ބެހޭ ބިލުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި: މިނިސްޓްރީ

ޒަކާތާއި ބެހޭ ބިލުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި: މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަކާތާއި ބެހޭ ބިލުގެ ދެލިކޮޕީއަށް ޢާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ހާމަކުރި ގޮތުގައި "ޒަކާތާއި ބެހޭ ބިލުގެ ދެލިކޮޕީއަށް ހުށައަޅާ ހިޔާލުތައް މިނިސްޓްރީއަށް ހުށައެޅުމުގެ ސުންގަޑިއަކީ 7 ޑިސެމްބަރު ގެ ނިޔަލަށް" ކަމަށެވެ. އިސްލާމިކް މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި ހުށައަޅާ ޚިޔާލުތައް ފޮނުވާނީ އެމިނިސްޓްރީގެ އީމެއިލްއަށާއި އެމިނިސްޓްރީގެ ފެކްސް ނަންބަރު 3315161 އަށެވެ.

"ބިލުގެ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުގެ ކުރިން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، އިސްލާމީ އިޤްތިޞާދީ އަދި ޤާނޫނީ މާހިރުންގެ މަޝްވަރާ ހޯދުމަކީ، ވަރަށް މުހިންމުކަމެއް"ކަމުގައި އިސްލާމިކް މިނިސްޓްރީއިން ދެކޭ ކަމަށެވެ.

ޒަކާތާއި ބެހޭ ބިލުގެ ދެލިކޮޕީއަށް ހުށައަޅާ ހިޔާލު ހުށައެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީއިން ހުޅުވާލީ 7 ނޮވެމްބަރު 2013 އިން ފެށިގެންނެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.