ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް ހިޔާލު ހުށަހެޅުމުގެ ފަހު ތާރީހަކީ 1 ޑިސެމްބަރު ކަމަށް އިސްލާމިކް މިނިސްޓްރީ ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރި ގޮތުގައި އިސްލާމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލް" އަށް ގެނައުމަށް އާންމުންނަށް ފެންނަ ހިޔާލުތައް މިނިސްޓްރީއަށް ހުށައެޅުމުގެ ސުންގަޑިއަކީ 1 ޑިސެމްބަރު 2013 ވާ އާދިއްތަ ދުވަހުގެ 14:00 ގައިކަމަށެވެ. ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނޮވެންބަރު 20 އިން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި ހުށައަޅާ ޚިޔާލުތައް ފޮނުވާނީ އެމިނިސްޓްރީގެ އީމެއިލްއަށާއި އެމިނިސްޓްރީގެ ފެކްސް ނަންބަރު 3315161 އަށެވެ.
އިސްލާމިކް މިނިސްޓްރީއިން ދަނީ ޙައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ތަފާތު ކަންކަން ކުރަމުންނެވެ.
ގުޅުންހުރި ލިންކް:
ކޮމެންޓް (0)
ލޯޑް ކުރަމުން...