ރާއްޖޭގެ ޚަބަރު ކުންފުނި ތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރަން އަންގައިފި

ކުންފުނި ތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރަން އަންގައިފި

ކުންފުނި ތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރަން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުންފުނި ތަކުގެ އިސް ވެރިންގެ މުސާރަ ކުޑަ ކުރުމަށް ސަރުކާރުން އަންގަވައިފިއެވެ.

މިކަން ހާމަ ކޮށް ރައީސް އޮފީހުން މިއަދު ނެރުނު ކުރުނ ބަޔާނެއްގައި ބުނީ، ސަރުކާރުގެ މެޖޯރިޓީ ޙިއްޞާ އޮންނަ ކުންފުނިތައް ހިންގަވާ އެންމެ އިސް ބޭފުޅަކަށް ލިބިވަޑައި ގަންނަވާ މުސާރައާއި ޢިނާޔަތްތައް، ސަރުކާރުގެ ވަޒީރުންގެ މުސާރައަށްވުރެ ބޮޑުނުވާނޭ ގޮތަކަށް ހަމަޖެއްސެވުމަށް ރައީސުލް ޖުމްހޫރިއްޔާ، ފިނޭންސް މިނިސްޓަރަށް މިއަދު އަންގަވާފައި ވާކަމަށެވެ.

މިކަން އަންގަވައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދަށް ފޮނުއްވި ސިޓީފުޅުގައި ގައި، މިކަމާ ގުޅޭގޮތުން ހަމަޖައްސަވަންޖެހޭ ކަންތައްތައް ހަމަޖެއްސެވުމަށްފަހު، އަންނަ ޑިސެމްބަރު މަހުގެ ތިނެއް ވާ އަންގާރަ ދުވަހުގެ ކުރިން އެކަން ހަމަޖެއްސެވި ގޮތެއް އަންގަވައި ދެއްވުމަށް އެދިވަޑައި ގެންފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ ސަރުކާރު ޙިއްޞާވާ އެމްޕީއެލް ފަދަ ބައެއް ކުންފުނި ތަކުގެ އިސް ވެރިންނަށް ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ މުސާރަ ފުޅަށްވުރެ ބޮޑު މުސާރައެއް ކަނޑައަޅައިގެން އެތައް ދުވަހެއްގައި އެ މުސާރަ ދީފައި ވަނިކޮށް.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.