ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި އިސްލާމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލް"އަށް ގެނައުމަށް އާންމުންނަށް ފެންނަ ހިޔާލުތައް މިނިސްޓްރީއަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެމިނިސްޓްރީ ހާމަކުރި ގޮތުގައި އެފުރުސަތު ޑިސެމްބަރު 1 ގެ ނިޔަލަށް އޮންނާނެކަމަށާއި ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހަފްތާގައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ދަނީ ޙައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ތަފާތު ކަންކަން ކުރަމުންނެވެ. އެގޮތުން ޙައްޖަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލްތައް ހަރުދަނާކޮށް އެކަންކަން ދަނީ ތަންފީޒު ކުރަމުންނެވެ.
ގުޅުންހުރި ލިންކް:
ކޮމެންޓް (0)
ލޯޑް ކުރަމުން...