ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓަރަކަށް ޑރ ޝަހީމް

އިސްލާމިކް މިނިސްޓަރަކަށް ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާ ރައީސް އަބްދުﷲ ޔާމީން އެކުލަވާލައްވާ ސަރުކާރުގެ ކެބިނެޓުގެ އިސްލާމިކް އެފެއާޒު މިނިސްޓަރ ކަމަށް އައްޔަން ކޮށްފައިވަނީ ޑރ. މުޙައްމަދު ޝަހީމު އެވެ.

ދާދި ދެންމެއަކު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހުވާ ކުރުމާއި މިނިސްޓަރު ކަމުގެ ލިޔުމުގައި ސޮއި ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޑރ ޝަހީމް އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވާއިރު އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމު ވަޒީރު ކަމުގެ މަޤާމަށް އައްޔަންކުރުމަށް ޢަދާލަތު މަޝްވަރާ މަޖިލީހުން ވަނީ ދީފިއެވެ.

ޑރ މުހައްމަދު ޝަހީމް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި އޭރުގެ ސަރުކާރުގެ ދީނީ ސިޔާސަތާއި މެދު ހިތްހަމަނުޖެހި އެމަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސް ޑރ މުހައްމަދު ވަހީދު ވަނީ ޑރ ޝަހީމް އިސްލާމިކް މިނިސްޓަރުކަމަށް އިސްކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.