"އަންދަލުސް" ދަރުސް ބްރޯޑްކާސްޓް ނުކުރުމަށް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގައިފިއެވެ.
އިލެކްޝަންއިން އެންގުމުގެ މަތިން ބްރޮޑްކާސްޓިންގ ކޮމިސަނުން ނެރެފައިވާ ބަޔާނުގައިވަނީ "ޤާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނު)ގެ 44 ވަނަ މާއްދާގައިވާ ގޮތުން، އިންތިޙާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ލިބޭފަދަ ނުވަތަ ތާއީދުކުޑަވާފަދަ ނުވަތަ އިންތިޙާބަށް ނުފޫޒެއް ފޯރަފާނެ އެއްވެސް އަމަލެއް 2013 ނޮވެމްބަރ 15 ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން 2013 ނޮވެމްބަރ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން 14 ނޮވެމްބަރ 2013 އާންމުކޮށް އިޢުލާންކުރައްވާފައި ވަނިކޮށް، ދިޓީވީ، ވީޓީވީ، ޗެނަލް1 އަދި ޗެނަލް 13 އިން 15 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ 18:00 ގެ ފަހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަށާއި އެޕާޓީގެ މެނިފެސްޓޯ އާ ގުޅުވައި ހަޤީޤަތާއި ޚިލާފްވާހަކަތަކެއް ހިމެނޭ ގޮތުން ފާޑު ކިޔާފައިވާ "އަންދަލުސް" ކިޔާ ދީނީ ދަރުސެއް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މި ކޮމިޝަނަށް ވަނީ އަންގަވާފައި" ކަމަށާއި "އަދި އެ މައްސަލަ މި ކޮމިޝަނުން މިދަނީ ބަލަމުން" ކަމަށެވެ.
"ވީމާ، މި މައްސަލަ ބަލައި ނިމެންދެން، 2013 ނޮވެމްބަރ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 ގެ ކުރިން "އަންދަލުސް" ދަރުސް ބްރޯޑްކާސްޓް ނުކުރުމަށް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގާ" ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވެއެވެ. މީގެ ކުރިން "އަންދަލުސް" ދަރުސް ދެއްކުމުންވެސް ވަނީ މިފަދަ މައްސަލައެއް ކުރިމަތި ވެފައެވެ. އެހެނަސް ބްރޮޑްކާސްޓިންގ ކޮމިސަނުންވަނީ އެދަރުސްގައި މައްސަލައެއް ނެތްކަމަށް ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...