ރާއްޖޭގެ ޚަބަރު އިލެކްޝަންސް ކޮމިޝަނުގެ އިންޒާރު

އިލެކްޝަންސް ކޮމިޝަނުގެ އިންޒާރު

އިލެކްޝަންސް ކޮމިޝަނުގެ އިންޒާރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔަބުވެ ވަޑައިގެންނެވި ރައީސް ޑރ މުޙައްމަދު ވަޙީދާއި ޤާޞިމް އިބުރާހީމްގެ މަންދޫބުންނާއި އޮބްޒާވަރުންނަށް ދޫކުރި ފާސްތައް ބޭނުން ކޮށްގެން މިއަދު އިންތިޚާބު އޮބްޒާވް ކުރަން މަސައްކަތް ކޮށްފި ނަމަ އެކަން ހުއްޓުވާ ފާސްތައް އަތުލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެގެ ތާރީޚުގައި މިއަދު ކުރި އިޢުލާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ މުޙައްމަދު ވަޙީދާއި، ޤާޞިމް އިބުރާހީމްގެ މަންދޫބުންނަށާއި އޮބްޒާވަރުންނަށް ދޫކުރެވިފައިވާ ފާސްތައް މިހާރު ބާޠިލު ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މި ފާސްތައް ބޭނުން ކޮށްގެން ވޯޓުލާ ސަރަޙައްދަށް ވަނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ފާސްތައް އިލެކްޝަންސް ކޮމިޝަނުން އަތުލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔަބުވެ ވަޑައިގެންނެވި ރައީސް ޑރ މުޙައްމަދު ވަޙީދާއި ޤާޞިމް އިބުރާހީމްގެ މަންދޫބުންނާއި އޮބްޒާވަރުންނަށް ދޫކުރި ފާސްތައް ބޭނުން ކޮށްގެން މިއަދު އިންތިޚާބު އޮބްޒާވް ކުރަން މަސައްކަތް ކޮށްފި ނަމަ އެކަން ހުއްޓުވާ ފާސްތައް އަތުލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފައި ވީނަމަވެސް ފުރަތަމަ ބުރުގެ އިންތިޚާބު އޮބްޒާވް ކުރުމަށް އެކި އެކި ޖަމާޢަތް ތަކާއި މީޑިޔާ ތަކާއި ބޭރުގެ ފަރާތް ތަކަށް ދޫކޮށްފައިވާ ފާސް ތަކާއި މެދު މި ޢިއުލާނުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.