ރާއްޖޭގެ ޚަބަރު މިއަދުގެ ވޯޓުލުން 7:30 ގައި ފެށޭއިރު ނިމޭނީ ހަވީރު 4:00 ޖަހާއިރު: އިލެކްޝަންސް

މިއަދުގެ ވޯޓުލުން 7:30 ގައި ފެށޭއިރު ނިމޭނީ ހަވީރު 4:00 ޖަހާއިރު: އިލެކްޝަންސް

މިއަދުގެ ވޯޓުލުން 7:30 ގައި ފެށޭއިރު ނިމޭނީ ހަވީރު 4:00 ޖަހާއިރު: އިލެކްޝަންސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޛެގެ ހުރިހާ ހިސާބެއްގައި ވޯޓުލުން ފެށޭނީ ހެނދުނު 7:30 ގައި ކަމަށާއި ވޯޓުލުން ނިމޭނީ ހަވީރު 4:00 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ފަށާ ގަޑި އަކަށް ހެނދުނު 7:30 ހަމަޖައްސާފައި ވާތީ ހުރިހާ ފޮއްޓެއްގެ ވެސް ވޯޓުލުން ފެށޭނީ އެ ގަޑީގައި ކަމަށެވެ.

މީގެ އިތުރުން ވޯޓުލުން ބަންދުވާ ގަޑިއަކީ ހަވީރު 4:00 ޖަހާއިރު ކަމަށް ވީނަމަވެސް 4:00 ޖެހުމުގެ ކުރިން ވޯޓުލުމަށް އައިސް ވޯޓުލާ މީހުންގެ ކިޔު އަށް އަރައިފި ނަމަ އެމީހަކަށް ވޯޓުލުމުގެ ފުރުޞަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނުމަށް ހަމަޖެހިފައި ވަނީ ވޯޓު ފޮށި ބަންދު ކުރާތާ ތިރީސް މިނެޓް ފަހުން ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުން އޮންނާނީ އެ ގައުމުގެ ގަޑިން ހެނދުނު 8:00 އިން ފެށީގެން ހަވީރު 4:30 ހާއި ހަމައަށް ކަމަށާއި، މެލޭޝިއާ އާއި ސިންގަޕޫރުގައި ވޯޓުލުން އޮންނާނީ އެގައުމު ތަކުގެ ގަޑިން ހެނދުނު 10:30 އިން ފެށިގެން ރޭގަނޑު 7:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަދި އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ވޯޓުލުން އޮންނާނީ އެގައުމުގެ ގަޑިން ހެނދުނު 9:00 އަކުން ފެށިގެން ހަވީރު 5:30 ހާއި ހަމައަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.